ކޮރަޕްޝަން ހުއްޓުވަން އެންމެ ރަނގަޅު ގޮތަކީ މަގާމުތަކުގައި ތިއްބައި ކުށަށް ފިޔަވަޅު އެޅުންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާން ކުރައްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށް އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭއިރު ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުންކަމަށެވެ. ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް މިސަރުކާރުން ކުރަމުންދާކަމަށް އިހުސާން ވިދާޅުވި އެވެ.
މި ފުރުސަތު ފާއިތުވި 15 އަހަރު ލިބި، މިކަން ނުކޮށް، ސިޔާސީ އިދިކޮޅު ފަރާތްތަކުން މިއަދު މަގުތަކަށް މީހުން ނެރެގެން މިކުރަން އުޅެނީ ކޮންކަމެއްތޯ ރައްޔިތުން ވިސްނާލަންޖެހޭކަމަށެވެ.
“މަގާމުތަކުގައި އެބޭފުޅުން ތިއްބެވިއިރު ކޮރަޕްޝަން ހުއްޓުވަން ކުރެއްވީ ކޮންކަމެއްތޯ ސުވާލުކުރަންޖެހޭކަމަށެވެ. އަޅުގަނޑުމެންނަށް ޖަވާބު ދެވޭނެ.” އިހުސާން ވިދާޅުވިއެވެ.
ކޮރަޕްޝަންގެ މައްސަލަތައް ހައްލުކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުދަމުންނެވެ. ކޮރަޕްޝަންގެ ކުޑަ އަމަލެއް ކޮށްފައިވާ މީހެއް ހުރިނަމަވެސް ފިޔަވަޅު އަޅާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަހުންވެސް ވިދާޅުވި އެވެ.