ބާޒާރުމަތީ މަސްމާރުކޭޓު ކައިރީގައި ހުންނަ ލިލީ އެފްއެންޑްބީ ފިހާރައެއްގައ ރޯވެ، މުދާތައް އަނދައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މައުލޫމާތު ލިބުނީ، ރޭ ދަންވަރު 01:00 ހާއިރުކަމަށެވެ. އެއާއެކު ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްގެ ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ.
ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން ނިއްވާލެވުނީ ރޭ 02:39 ހާއިރުއެވެ.
މި ހާދިސާގައި، އަލިފާން ރޯވިތަނުގައި ހުރި ގިނަ އަދަދެއްގެ މުދަލަށް ގެއްލުންވެ ތަނުގެ ފުރާޅުން ބައެއް ވަނީ ވެއްޓިފައެވެ.
މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު ފަޔަރފައިޓަރަކު ހާލުދެރަވެގެން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނެވެ. މީގެ އިތުރުން އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެެއެެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1