އައްޑޫ ސިޓީ، ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ، މި މައްސަލަ ފުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 01:17 ހާއިރުކަމަށެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށެވެ. ފުލުހުން ބުނީ އޭނަގެ ހަށިގަނޑުގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމަށެވެ.
އޭނައަށް އައްޑޫ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1