މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ވަގުތީ ގޮތުން ހިންގާ ފަސް މެމްބަރުންގެ ކޮމިޓީއެއް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން މިއަދު އެކުލަވާލައިފި އެވެ.
ވަގުތީ ކޮމެޓީއަށް މެންބަރުން އައްޔަންކުރުމަށް މިއަދު ސިވިލް ސާވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި، ކޮމެޓީއަށް އައްޔަންކުރެވުނު މެންބަރުންނާ މަސްއޫލިއްޔަތުތައް ޙަވާލުކޮށް، ކޮމިޝަނުގެ މެންބަރުން ވަނީ އެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކުރައްވާފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގުކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ އާ މީޑިއާ ކޮމިޝަނަށް އައްޔަނުކުރަންދެން، އެ ކޮމިޝަން ހިންގާނީ ސީއެސްސީން އެކުލަވާލާ ކޮމިޓީއަކުން ނެވެ.
5 މެންބަރުންގެ ވަގުތީ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ؛
މީޑިއާ ކޮމިޝަނު އެކުލެވިގެންވަނީ ހަތް މެމްބަރުންގެ މައްޗަށެވެެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ހޮވާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަަތަރު މެމްބަރުންނެވެ.
އެ ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާ ބެހޭ މައްސަލަތަކުގައި ސަރުކާރަށް ލަފާދިނުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމަށް ގާނޫނުއަސާސީންނާއި ގާނޫނުން ބާރު ލިބިދޭ މިނިވަންކަން ދިރުވައި އާލާކުރުމާއި އެ ކަންކަމާ ގުޅޭގޮތުން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން ހިމެނެ އެވެ.
ދޮގު ޚަބަރު ފަތުރާ ވަސީލަތްތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށާއި އަދި ޚިދުމަތް ފޯރިކޯށްދޭ ފަރާތްތަކަށް އަންގައި އެފަދަ ފަރާތްތަކަށް ފިޔަވަޅު އެޅުން ވެސް އެ ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި ހިމެނެ އެވެ.