ފެލިދެއަތޮޅު އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވ. ފެލިދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްއެެވެ.
ވ އަތޮޅު ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.
މި މަޝްރޫއުގެ ދަށުން، 7174 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކޮކާއި، 2563 އަކަފޫޓުގެ ސާވިސް ސެންޓަރަކާއި، 76،175 އަކަފޫޓުގެ ހެލްތް ސެންޓަރ ބްލޮކެއް ހިމެނޭހެން 37 އެނދު އެކުލެވޭ އިމާރާތެއް ބިނާކުރާނެއެވެ.
އަދި، ބިންގަނޑު ކޮނެ ލެވެލްކުރުމާއި، ކޮންކްރީޓް އަދި މޭސަނަރީ މަސައްކަތްތަކާއި، ތަށިމުށި ޖެހުމާއި ދޮރާއި ކުޑަދޮރު ހަރުކުރާނެއެވެ.
މި މަޝްރޫއުއަކީ 105.36 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމުމަށް ހަވާލުކުރި މަސައްކަތެކެެވެ.