ރަޝިޔާގެ ކަމްޗަޓްކާ ކައިރިއަށް އައި ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ރަޝިއާގެ އިރު އުތުރު އައްސޭރީގައި އޮންނަ ކަމްޗަޓްކާއަށް އައީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން މިއަދު 07:37 ގައެވެ.
ރަޝިޔާގެ ކަމްޗަޓްކާގެ ބިން ހެލުން އައި ސަރަހަށްދަކީ، މާލެއާ 9،421 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހަށްދެކެވެ.
އެގައުމުގެ ނޫސްތަކުގައި ވާގޮތުން، ކަމްޗަޓްކާ ސަރަހައްދުގެ އިރުމަތީ އައްސޭރިފަށަށް ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުމާއެކު ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، ސުނާމީ އަތުވެދާނެކަމުގެ ބިރު މިހާރު ނެތްކަަމަށް ކަމާބެހޭ އިދާރާތަކާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1