ޝަރީއަތެއްގެ ހެކީންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުވާތީ ފުުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ޝަރީޢަތް ހިނގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާކަމަށް ތުހުމަތުކުރެވޭ މައްސަަލައެއްގެ ތަހުގީގުގައި، މާލޭގައި ފުލުހުން އޮޕަރޭޝަނެއް ކުރިޔަށްގެންދާކަމަށެވެ.
އޮޕަރޭޝަން ކުރިޔަށްދިޔަ މިންވަރަކުން މީޑިއާއަށް ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ އޮޕަރޭޝަން ގުޅިފައިވަނީ ކޮން ބާވަތެއްގެ މައްސަލައެއްގެ ޝަރީއަތަކާ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1