ހދ. ފިނޭ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށާއި އެ މަޝްރޫއޫގެ ދަށުން ކުއޭ ފާރުގައި ގާ އެތުރުމުގެ 86 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރުކުރިއަށް ދަނީ އައު ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
މިމަޝްރޫއުގެ ދަށުން:
- 82 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން
- 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން
- 248 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުން
- 5،848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން
- 35،484.05 ކިއުބިކް މީޓަރުގެ އައު ހާބަރު ބޭސިން ފުންކުރުން
- 5،848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުން ކުރުން
- 219 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން
- އަދި 2،198.65 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން
- 10 މީޓަރުގެ ދިގު ނުވަ މީޓަރު ފުޅާ ރޭމްޕެއް ހެދުން
- އަދި ބަނދަރު ބައްތި އަދި މޫރިން ބޯއީސް ހަރުކުރުުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1