ގެދޮރުވެރިޔާ ސްކީމްގެދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުންދާއިރު ބިން ލިބިފައިވާ ސަރަޙައްދުތައް ސާފުކޮށް، އިން ވަކި ކުރުމަށްފަހު ކަޑަޖެހުމުގެ މަސައްކަތްތައް މިއަދު ފަށައިފި އެވެ
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން ބުނީ އިން ވަކިކޮށް ނިމޭބިންތައް އޭގެ ވެރިފަރާތްތަކާއި އެ ވުޒާރާއިން ގުޅައި އެފަރާތްތަކާއި ހަވާލުކުރުމުގެ މަސައްކަތް ފެށޭ ހަފްތާތެރޭގައި ފެށިގެން ކުރިއަށް ދާނެ ކަމަށާއި ބިން ލިބިފައިވާ ސަރަޙައްދުތައް ސާފުކޮށް، އިން ވަކި ކުރުމަށްފަހު ކަނޑަޖެހުމުގެ މަސައްކަތްތައް އެ ވުޒާރާ އިން މިއަދު ފަށާފައިކަމަށެވެ
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން ވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރަޖިސްޓަރީ ދޫކުރަން ފަށާފަ އެެވެ. އެ ވުޒާރާ އިން ބުނީ މިހާތަނަށް 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ވަނީ ދޫކޮށްފައިވާ ކަމަށެވެ. ރަޖިސްޓްރީއާ ހަވާލުވުމަށް އެދި ގޯތީގެ ވެރިފަރާތުން އެޕޮއިންޓްމަންޓަށް އެދެން ޖެހެނީ “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށްކަން ފާހަނގަ ކޮށްލަން ޖެހެއެވެ. ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމުން ރަޖިސްޓްރީ ހަވާލުކުރުމާ ގުޅޭ ހުރިހާ މައުލޫމާތެއް ލިބޭނެ ކަމަށެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1