މަދަނީ ޖަމްއިއްޔާތަކުގެ ގައުމީ ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ
މިއީ މާލެ ސިޓީ، ވިލިމާލެ، އަދި ހުޅުމާލޭގެ އެކްޓިވް މަދަނީ ޖަމްއިއްޔާތަކަށް ބޭއްވި ފޯރަމެކެވެ
މި ފޯރަމްގައި 69 އެންޖީއޯ، 30 ޑަބްލިޔުޑީސީސް އަދި 6 އަތޮޅު ކައުންސިލުން ވަނީ ބައިވެރިވެފައެވެ
މި ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓު މަހުގެ 28 އަދި 29 ވަނަ ދުވަހުއެވެ
މި ފޯރަމްގައި ނަގައިދިން ބައެއް ސެޝަންތަކުގެ ތެރޭގައި އެންޖީއޯ ޓްރެކް އެންޑް ރިޕޯޓިން، އެންޖީއޯ އިން ޕީސް އެން ސެކިއުރިޓީ، ޑިޖިޓަލް ސޭފްޓީ، މަނީ ލޯންޓަރިން އަދި ޕްރޮސެސް އޮފް ޑިވޮލޮޕިން ދަ 20 އިޔާ ނޭޝަނަލް ޑިވަލޮޕްމަންޓް ޕްލޭން ހިމެނެއެވެ
އެންޖީއޯ ގައުމީ ފޯރަމްގެ މަގްސަދު ތަކުގެ ތެރޭގައި މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމްއިއްޔާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުން ހިމެނެއެވެ