ފަސްދޮޅަސް ތިންވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން އައިޝަތު ރަފާ ނާޒިމް އާއި މުޙައްމަދު ޝައްފާން ހޯދައިފިއެވެ
މިއީ މުބާރާތް މި ދެކުޅުންތެރިންވެސް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފްވެރިކޮށްދެއްވި ފައިނަލު މެޗުގައި ފިރިހެން ސިންގަލްސްގައި ޝައްފާން ވަނީ ގައުމީ ޗެމްޕިއަންކަން 10 ފަހަރު ހޯދި މޫސާ މުންސިފް އަހުމަދާ ވާދަކޮށް 1-4 ގޭމުން މޮޅުވެފައެވެ
ފަސް ވަނަ ސެޓުގެ ކުޅުން ފަށައިގެން މުންސިފް ކުޅުން ރަނގަޅު ކުރި ނަމަވެސް ސެޓުގެ ފަހު ކޮޅު ޝައްފާން ވަނީ ނަތީޖާ ހަމަހަމަކޮއްފަވެއެވެ. ވާދެވެރިކޮށް ފެނުނު މި ސެޓު ޝައްފާން ކާމިޔާބުކުރީ 18-16 އިންނެވެ
މުބާރާތުގެ އަންހެނުންގެ ސިންގަލްސް ޗެމްޕިއަންކަން ރަފާ ހޯދީ ފަސްފަހަރު މިތަށި ހޯދި ދީމާ އަލީ އާއި ވާދަކޮށް 4 ގޭމުން މެޗު ކާމިޔާބުކޮއްގެންނެވެ. މިއީ ފަހުގެ ތާރީހެއްގައި ދިވެހި ކުޅުންތެރިޔަކު ދީމާއާ ވާދަކޮށް ހޯދި އެންމެ ރަނގަޅު ކާމިޔާބީއެވެ
