ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ ބައެއް މަގުތައް، ރޭސިންގ އަށް ބޭނުންކުރެވޭ ގޮތަށް ހަދައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ
ރައީސް މިކަން ހާމަކުރެއްވީ، ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން ބުދަ ނިޔަލަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކުޅިވަރުގެ ތެރޭގައި ހިމެނޭ ރޭސިންގ އަށް ހާއްސަ މަގުތަކެއް ހެދުމަކީ އެ ސިޓީގެ ރޭސިންގައި އުޅޭ ޒުވާނުންނަށް އެމަނިކުފާނުގެ ވެވަޑައިގެންފައިވާ ވަޢުދެއް ކަމަށެވެ
ތިންވަނަ ފިޔަވަހީގެ މަސައްކަތް މިހާރު މި އަހަރުގެ ބަޖެޓުގެ ތެރޭގައި ހިމެނޭ ސްކޯޕަށް ހަވާލުކޮށްފައިވާ ކަމަށާއި، ނަމަވެސް އެ ފިޔަވަހި ނިމިގެންދާނީ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިންވެސް އިތުރަށް ފައިސާ ހިމެނި، ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ކުޅުދުއްފުށި ސިޓީގެ ހުރިހާ މަގެއް ހަދައި ނިމިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގެ ޔަގީންކަން އެ ސިޓީގެ ރައްޔިތުންނަށް ރައީސް ދެއްވިއެވެ. ރައީސް ވިދާޅުވީ ރޭސިންގ އަށް ބޭނުންކުރެވޭ ގޮތަށް ހަދާނެ މަގުތައް ކަނޑައެޅުމުގައި، ކައުންސިލާ އަދި ކަމާބެހޭ ރޭސިންގ ކަންތަކުގައި އުޅޭ ފަރާތްތަކާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އެ މަގުތަކުގެ ޑިޒައިން، ރޭސިންގ އަށް ބޭނުންކުރެވޭ ފަދަ ގޮތަކަށް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
2
+1
+1
+1
+1