ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމަށްފަހުއެވެ. މި އެއްބަސްވުމުގައި އިޤްތިޞާދީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު ސަޢީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ރިޝްވާނެވެ
މި މަޝްރޫއުގެ ތެރެއިން ކުޅުދުއްފުށި ވިޔަފާރި ބަނދަރުން ކުރިން ނުލިބޭ މުހިންމު ހަތަރު ޚިދުމަތެއް ވަނީ އިފްތިތާހުކޮށްފައެވެ. އެއީ ޑިއުޓީ ފްރީ ބޮންޑެޑް ޒޯނުގެ ޚިދުމަތާއި، ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތާއި، ހިލަ އަދި ހިލަވެލި ސްޓޯރޭޖްގެ ޚިދުމަތުގެ އިތުރުން ޑޮމެސްޓިކް ކީގެ ޚިދުމަތެވެ. މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އިޤްތިޞާދީ ވަޒީރެވެ ސަރުކާރުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު އެމްޕީއެލްއާ ހަވާލުކުރެވުމަކީ ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން މުދާ އުފުލާނެ ނިޒާމެއް ޤާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ