ވަޒީފާގެ މަސައްކަތުގެ މައުލޫމާތު ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކެރިއާ ގައިޑެންސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ
މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމެންޓް އިންފޮމޭޝަން އެންޑް އާޓްސްއާއި ގުޅިގެން ކުރިއަށް ގެންދާ ބަދަހި ޕްރޮގްރާމްގެ ދަށުންނެވެ. މި ސެޝަންގައި ބައިވެރިންނަށް ވަޒީގެ ފުރުސަތުތަކާ، ވަޒީފާގެ މާހައުލުގެ މައުލޫމާތާއި، މާލޭ ކޮމާޝަލް ހާބަރުގެ މައުލޫމާތާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށްފައިވެއެވެ. އަދި ވަކިވަކި ޑިޕާޓްމެންޓްތަކުން ކުރަމުންދާ ހާއްސަ މަސައްކަތްތައް ބައިވެރިންނަށް ސާފުކޮށް ބުނެދީފައިވެއެވެ
އެމްޕީއެލްއިން ވިދާޅުވީ ކެރިއާ ސެޝަންގެ މަގުސަދަކީ ބައިވެރިންނަށް ވަޒީފާގެ މާހައުލުގެ މައުލޫމާތު ފޯރުކޮށްދީ އެ މީހުން އެމްޕަވާކުރުން ކަމަށެވެ. އަދި އެ މީހުންނަށް ހުރި ފުރުސަތުތައް އަމިއްލައަށް ދެނެގަތުމަށް މަގުފަހިކޮށްދިނުން ކަމަށެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1