ހދ. ނޮޅިވަރަންފަރު ބަނދަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާގައެވެ. އެގޮތުން އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. މި މަޝްރޫޢަކީ 138.39
މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމުމަށް އެކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެ ކެވެ
މި މަޝްރޫޢުގެ ދަށުން 74,270 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 362 މީޓަރުގެ ބޮޑުހިލައިގެ
ބޭރުތޮއްޓެއް ލުމާއި، 238 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމާއި، 90 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއެއް ޖެހުމާއި، 394
މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 7,500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 779 މީޓަރުގެ ބޮޑުހިލައިގެ
ރިވެޓްމެންޓެއް ޖެހުމާއި އަދި 164 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ
އެމްޓީސީސީއިން ބުނީ ބަނދަރު ތަރައްޤީވެ ފަޅުގައި ޖާގަ ތަނަވަސްވެގެން ދިއުމާއި އެކު ނޮޅިވަރަމް ރައްޔިތުންގެ ކަންބޮޑުވުންތަކަށް
ބޮޑު ތަސައްލީއެއް ލިބިގެންދާނެކަމަށެވެ