ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް އަރުވައިފިއެވެ. މި ޝަރަފު އުތީމު ރައްޔިތުންނަށް އެރުވީ، އިއްޔެ އުތީމުގައި ފާހަގަ ކުރެވެމުންދާ ޤައުމީދުވަހުގެ ޚާއްޞަ ޖަލްސާގައި ރާއްޖޭގެ އިޢްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެއަތްޕުޅުންނެވެ. އުތީމު ރަށްޔިތުންގެ ފަރާތުން މި ޝަރަފާއި ޙަވާލުވެވަޑައިގަތީ، އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދެވެ
މި ޝަރަފު އުތީމު ރައްޔިތުންނަށް އެރުއްވުނީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހަންމިއްޔަތުގެ އަގު އަދުގެ ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ. އުތީމުގެ ލޮބުވެތި ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1