ހދ. ފިނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ
މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިންނެވެ. މިތަނުގެ ބިންގާ އަޅުއްވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އަދި ފިނޭ ކައުންސިލްގެ ރައީސް އަދުނާން ޢަބުދުﷲ އެވެ
މި ތަން ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ އެމްއޭސީއެލް އާއެވެ. ފިނޭ ރައްޔިތުންނާ ބައްދަލުކުރަށްވައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި މި ސެންޓަރާއި ގުޅޭގޮތުން ވިދާޅުވީ، މި އަހަރު ކުރިޔަށް ގެންދަން ފަށާ މަޝްރޫޢުތަކުގެ ތެރޭގައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އެޅުމުގެ މަޝްރޫޢު ހިމެނޭނެކަމަށެވެ. ”މިދަތުރުގައި އަޅުގަނޑުމެން ފަށައިދީ، ކުރިޔަށް އޮތް ދުވަސްތަކުގައި، އެ މަޝްރޫޢުގެ ކަންތައްތައް ކުރިޔަށްދާނެ. ހަމަ އޭގެއިތުރަށް، އިތުރު ބައެއް މަޝްރޫޢުތައްވެސް އެބަހުރި ކުރިޔަށް ގެންދަން. މި އަންނަ އަހަރު ތެރޭގައި އައުޓްޑޯ ޖިމް އެޅުމުގެ މަސައްކަތް އޮންނާނެ. އެހެންވީމާ، ކުޅިވަރުގެ މިކަހަލަ ބައެއް މަޝްރޫޢުތައް އެބަހުރި ކުރިޔަށް ގެންދަން.” ރައީސް ވިދާޅުވެފަވެއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1