ދ. ކުޑަހުވަދޫ ސަރަޙައްދުގައި، ދ. މާފުށީގެ ހުޅަނގު ދެކުނުން 6 ނޯޓިކަލް މޭލު ބޭރުގައި މިއަދު ވަދު ކަނދުފަތި ވަނީ ޤާއިމްކުރެވިފައެވެ
މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ
02°36.000’N
72°49.000’E
މި ކަނދުފަތީގެ ސަބަބުން އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލް މަސްވެރިންނާއި މަސްވެރިކަމުގެ މުނިފޫހިފިލުވުމުގެ ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ވެސް ނުހަނު ބޮޑު ހިތްހަމަޖެހުމަކާއި މަންފާއެއް ލިބިގެންދާނެއެވެ
މިކަމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން އިތުރަށް ތަރައްޤީކޮށް، މަސްވެރިންގެ ދިރިއުޅުން ރަނގަޅު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1