ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓެކްސީވޭގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިންމައި, މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ
އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީއައިއޭގައި ހިންގާފައިވާ ތަރައްގީގެ އެންމެ ބޮޑެތި މަސައްކަތްކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާއެވެ. އެ ކުންފުންޏާއެކު އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ 16 އޮކްޓޯބަރު 2024 ގައެވެ. އަދި މި މަޝްރޫއެގެ ފުރަތަމަ ފިޔަވަހި އެއްކޮށް ނިންމާ ހަވާލުކޮށްފައިވަނީ ޝެދިއުލްއަށްވުރެ 84 ދުވަސް ކުރިންކަން ފާހަނގަ ކޮށްލަން ޖެހެއެވެ
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ނިމުން ފާހަގަކުރުމަށް ހުޅުލޭ އައިލެންޑް ހޮޓެލްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. އެ ރަސްމިއްޔާތުގައި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމުނުކަމުގެ ލިޔުން އެމްއޭސީއެލް އިން ވަނީ ބީޔޫސީޖީއާ ހަވާލުކޮށްފައެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޗެއާޕާސަން ނޫރައިން ވިދާޅުވީ ޓެކްސީވޭ ޗާލީ ތަރައްގީކުރުމަކީ ވީއައިއޭގެ އާ ސަފުހާއެއް ކަމަށެވެ. އެ މަޝްރޫއު ނިމުމުން ވީއައިއޭއަށް އޮޕަރޭޓްކުރާ ހުރިހާ އެއާލައިނަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ވީއައިއޭގެ ތަރައްގީގައި ބީޔޫސީޖީއަކީ މުހިންމު އަދި އިތުބާރުކުރެވޭ ބައިވެރިއެއް ކަން ފާހަނގަ ކުރައްވާ އެކަމަށްޓަކައި އެ ކުންފުންޏަށް ޝުކުރު އަދާކުރައްވާފައިވެއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1