ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި އެމްއޭސީއެލްގެ “ހުނަވަރު” ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށް، ޖުމްލަ 54 ފަރާތަކަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތެއް ރޭ ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދުއެވެ. މިނިސްޓަރު އިބްރާހިމް ވަހީދު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލް އިން މީހުން ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް، މިފަދަ ޕްރޮގްރާމުތަކަކީ މުހިއްމު ޕްރޮގްރާމުތަކެއް ކަމަށް ވިދާޅުވިއެވެ
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވީ އެމްއޭސީއެލްގެ “ހުނަވަރު” ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް އަދި ގައުމު ބިނާކުރުމުގައި މީހުން ތަމްރީނުކުރުމަށް ގިނަ ދާއިރާތަކުން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަންނަ ހަފްތާތެރޭ ފެށޭ “ހުނަވަރު” ޕްރޮގްރާމްގެ އާ ބެޗްގައި މި ފަހަރަށްވުރެ ގިނަ ފުރުސަތު ހުޅުވާލާނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ވަޒީފާ ނުލިބި ތިބި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި އެ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް އަދި ތަޢުލީމު ފޯރުކޮށްދޭ ފަރާތްތައް ގުޅުވާލުމަށް ޔޫތް މިނިސްޓްރީއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެމްއޭސީއެލް އިން މި ޕްރޮގްރާމުގައި ބައިވެރިވެ ވަޒީފާގެ މާހައުލުގައި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ، ނަމަވެސް ސަނަދެއް ނެތް 34 މުވައްޒަފަކު މި ޕްރޮގްރާމްގެ ތެރެއިން ގައުމީ އޮނިގަނޑު ލެވަލް 3ގެ ސަނަދެއް ހާސިލުކޮށްފައިވެއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1