އއ. އަތޮޅުގެ ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މުހިއްމު ރަނގަޅު ޚަބަރެއް ދެއްވިއެވެ. އެއީ ސީޕްލޭން ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ހިދުމަތް ދޭން ފަށާނެ ކަމެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މި ސީޕްލޭން ހިދުމަތް ފެށުމުން ކަނޑުގަދަވާ ދުވަސްތަކަށް ޓޫރިޒަމްގައި މަސައްކަތް ކުރާ މީހުންނަށް ދިމާވާ ކަންބޮޑުވުމާއި ދަތިތަކަށް ހާއްސަކޮށް ފަސޭހަކަން ލިބިގެންދާނެއެވެ
ތޮއްޑޫގެ ކުޅިވަރުގެ ދާއިރާއިން ވެސް މަޝްރޫޢުތަކެއް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރޭގައި އެރަށުގެ ފުޓުބޯޅަ ދަނޑުގައި ލައިޓް ޖަހައި، ފިޓްނަސް އެންޑް ރެކްރިއޭޝަން މަރުކަޒެއް ގާއިމުކުރުމާއި، އައުޓް ޑޯ ޖިމެއް ގާއިމުކުރުމުގެ މަޝްރޫޢު ހިމެނެއެވެ. މި މަޝްރޫޢުތައް މި އަހަރު ތެރޭގައި ކުރިއަށް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެރަށުގައި ހޭންޑްބޯލް ކޯޓެއް ހަދައި، ސްޕޯޓް ފިޝިން ގާއިމްކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން އެ ރަށުގެ ފާލަމުގެ މަޝްރޫއު އާއި ތޮއްޑޫގެ ސްކޫލަށް ނުހަނު ބޭނުންވެފައިވާ ކްލާސްރޫމް ތަކާއި، ސައިންސް ލެބް ހިމެނޭ މަޝްރޫއު ސަރުކާރުގެ ކަމާއި ބެހޭ ވުޒާރާތަކާއި ކުންފުނިތަކުން ވަރަށް ބޮޑު ސަމާލު ކަމާއި އިސްކަން ދީގެން ނިންނަމައިދޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1