އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 3 ބުރީގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އަށް ހަވާލުކޮށްފިވެއެވެ. މި މުހިއްމު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރަށްވާ ރަސްމިއްޔާތު ބޭއްވުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އއ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ
މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ އެވެ
ރައީސް ރަސްދޫ ރައްޔިތުންނާ ވާހަކަދައްކަވަމުން ފާހަގަކުރެއްވި ގޮތުގައި މި އައު އިމާރާތުގެ މަޝްރޫޢުގެ ތެރެއިން އއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކޮމްޕިއުޓަރ ލެބް، ޕްރެޔަރ ރޫމް އަދި ލައިބްރަރީ ޤާއިމްކުރެވިގެންދާނެއެވެ. ރައީސް ވިދާޅުވި ގޮތުގައި މިއީ ރަށަށް ކޮންމެހެން ބޭނުންވާ މުހިއްމު މަޝްރޫޢެއް ކަމަށާއި، މި މަޝްރޫޢުގެ ތެރެއިން ސްކިލް ލެބަރ، ކޮމްޕިއުޓަރ ލެބް، ޕްރެޔަރ ރޫމް އަދި ލައިބްރަރީ ހިމެނެމުންދާތީ، މި ވަސީލަތްތަކުން ސްކޫލަށް ވެސް ފައިދާ ލިބިގެންދާނެއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1