އއ. އުކުޅަސް ދޯނި އެހެލާ ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރެވިފައިވެއެވެ. އއ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުކުޅަހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ
މި މަޝްރޫއުގެ ދަށުން 15،860 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 117 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ނެރު ބޭރުތޮއްޓެއް ލުމާއި، 63 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމާއި، 60 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއު އަކީ 19.95 މިލިއަން ރުފިޔާއަށް 240 ދުވަހުގެ ތެރޭ ނިންމަން ކަނޑައަޅާފައިވާ މަޝްރޫއުއެކެވެ
އެމްޓީސީސީން ބުނެފައިވާގޮތުގައި އުކުޅަހުގެ ދޯނި އެހެލާ ސަރަހައްދު ތަރައްގީކުރެވުމާއެކު ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށް ލޯންޗު ބޭނުންކުރުމާއި ރަށުގައި ގެންގުޅޭ އޮޑިދޯނިފަހަރު އެހެލުމަށް ކުރިއަށްވުރެން އިތުރަށް ފަސޭހަ ވެގެންދާނެއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1