ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މަތިވެރީގައި ރައްޔިތުންނާ ބައްދަލުކުރައްވަމުން ރާއްޖޭގެ ކޮންމެ އަތޮޅަކުން އެއް ރަށް ދަތުރުދާން ހާއްސަކޮށް ސަރުކާރުން ތަރައްގީކޮށްދޭނެ ކަމަށް ވިދާޅުވެއްޖެއެވެ. ރައީސް ފާހަގަ ކުރެއްވީ ބޮޑު އަދަދަކަށް ރަށްރަށުން ޕިކްނިކް އައިލެންޑެއް ހަމަޖައްސައިދިނުމަށް އެދުމާއި، އާއިލާ އެކު ޕިކްނިކްގޮސް މަޖާކޮށްލާނެ ރަށެއް ނެތުމަކީ ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ
އަތޮޅެއްގެ ރައްޔިތުން ދަތުރު ދާން ވަކި ރަށެއް ހާއްސަވެފައި އޮތުމަކީ ޓޫރިޒަމަށް ވެސް ފައިދާ ކުރާނެ ކަމެއް ކަން ރައީސް ފާހަގަ ކުރެއްވިއެވެ. މިހާރު ދަތުރުދާނެ ރަށްތައް ތަރައްގީކުރުމަށް ދިރާސާތައްވެސް ކުރިއަށް ދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ރަށްތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް
ޔަގީންކަން ދެއްވައިފިއެވެ. “ރަށްރަށުގެ ރައްޔިތުންނަށް ވަރަށް އުނދަގޫ، ފުރުސަތު ނެތް އާއިލާއާ އެކު ޕިކްނިކް ދާނެ ތަނެއް. ގެސްޓުން ގެންދާނެ ތަނެއް ވެސް ނެތް. އެހެންވެ ކޮންމެ އަތޮޅަކަށް އެއް ރަށް ސަރުކާރުން ތަރައްގީކޮށްދީ، އެކަމުގެ ދިރާސާތައް އެބަކުރެވޭ. އެ މަސައްކަތް ނިންމާނަން” . ރައީސް ވަނީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވައުދުތަކެއް ފުއްދަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1