މުހިންމު މަސައްކަތްތަކެއް ކުރުމަށްޓަކައި މާލޭގެ ތިން ސަރަހައްދަކުން މިއަދު ހެނދުނާއި މެންދުރު ފަހު ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ
ހެނދުނު 9:30 އިން 11:30 އާ ދެމެދު މާލެ ސިޓީ، އަޅިވިލާ މަގު އަދި މަޖީދީ މަގު ސަރަހައްދުން، އަދި ހެނދުނު 10:00 އިން 10:30 އާ ދެމެދު އަމީނީ މަގު އަދި ތަބުރޭޒީ ހިނގުން ސަރަހައްދުން ކަރަންޓް ކެނޑިދާނެކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން އަބަދަށްފެހި މަގު އަދި ވަޔަލެޓް ގޯޅި ހިމެނޭ ސަރަހައްދުންވެސް މިއަދު މެންދުރުފަހު މެދު ކެނޑުން އެކަށީގެން ވާ ކަމަށެވެ. އަދި މި ސަރަހައްދުތަކުން ކަރަންޓް މެދުކެނޑޭނީ މިއަދު މެންދުރުފަހު 14:00
އާއި 16:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށްވެސް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ
އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިވަޑައިގެންފައެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1