އއ.ހިމަންދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުއްވައިފިއެވެ
ރައީސުލްޖުމްހޫރިއްޔާ ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުއްވައިދެއްވީ އއ.މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ
ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގައި އިދާރީ ބަޔާއި، މަލްޓިޕާޕޮސް ހޯލަކާއި، ލޯންޑްރީ އަދި ގަރާޖެއް ހިމެނޭއިރު، މެޑިކަލް އަދި ނޮން-މެޑިކަލް ތަކެތި ރައްކާކުރުމަށް ވަކި ޖާގައެއް ވަނީ ޚާއްސަކުރެވިފައެވެ
އަދި މިއިމާރާތުގައި ޕަބްލިކު ހެލްތަށް ވަކި ބައެއް ވަނީ ޚާއްސަކުރެވިފައެވެ. މިއޮފީސްބައިން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކާއި، ގައިން ގަޔަށް ނާރާ ބަލިތަކުގެ ކްލިނިކެއްގެ އިތުރުން އަދި މާބަނޑު މީހުންގެ ކްލިނިކާއި ކުޑަކުދިންގެ ޞިއްޙަތު ކްލިނިކެއް ވަނީ ޤާއިމުކޮށްފައިވެއެވެ