އެމްޓީސީސީން ހއ. ހޯރަފުށީގެ ތިންވަނަ ބެރިއާ އައިލެންޑްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ
މި މަޝްރޫޢުގެ ދަށުން 27،300 ކިއުބިކް މީޓަރުގެ ބިންހިއްކުމުގެ މަސައްކަތް ކުރެވުނު އެވެ. އަދި 210 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓާއި 210 މީޓަރުގެ ރޮކް އެޕްރަން އެޅުމުގެ މަސައްކަތް ފުރިހަމަކުރެވިފައި ވެއެވެ. މީގެ އިތުރުން 50 މީޓަރުގެ ގްރޮއިން އެޅުމުގެ މަސައްކަތްވެސް ނިމިފައި ވެއެވެ. މިހާރު ބާކީ އޮތީ ވަގުތީ ގޮތުން އެޅިފައިވާ ބައި ނެގުމާއި ސަރަހައްދު އެއްވަރުކުރުމުގެ މަސައްކަތް އެކަނި ކަމަށް އެމްޓީސީސީން ހާމަކޮށްފައި ވެއެވެ
މި މަޝްރޫޢަކީ ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށްވެފައި، މި މަސައްކަތް ނިމުމުން ރަށުގެ ގިރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1