އުރީދޫ ނޭޝަން އިން ބޭއްވި އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގެ މޮބައިލް ލެޖެންޑްސް މުބާރާތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް އެއްވަނަ ލިބިއްޖެއެވެ. މިއީ އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް ބޭއްވި ދެވަނަ ފަހަރެވެ
މި މުބާރާތުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އޮފީސް ޓީމުތައް އެއްތަނަކަށް އެއްވެ، އީސްޕޯޓްސްގެ މައިދާނުގައި އޮފީސްތަކުގެ ޓީމުތަކާއި ކުޅުންތެރިން ބައިވެރިކުރުމުގެ ފުރުސަތު ދިނުމެވެ. ފަސް ކުންފުންޏަކުން ނުވަ ޓީމު މި މުބާރާތުގައި ބައިވެރިވިއެވެ. އެ މުބާރާތުގެ އެއްވަނަ އެމްއޭސީއެލް އިން ހޯދީ ފަސް ކުންފުންޏަކާ ވާދަކުރުމަށްފަހުއެވެ
އެމްއޭސީއެލް އަކީ އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ އެއް ކުންފުނި ކަމަށްވާއިރު، ކުންފުނިތަކުގެ މެދުގައި އެކުވެރިކަން އުފެއްދުމަށް ބާއްވާ މުބާރާތްތަކުގައި މި ކުންފުނީގެ މުވައްޒަފުން ބައިވެރިވެ ވާދަކޮށް ރަންވަނަތައް ހޯދުމަކީ އަބަދުވެސް ހިތްވަރުދޭނެ ކަމެއްކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ