ސަރުކާރުގެ ސިއްޙީ އިންޝުއަރެންސް ސްކީމް، އާސަންދައާއި ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ޚަރަދުތަކުގެ ތެރެއިން ކުރީސަރުކާރުން ނުދައްކާ އޮތް 1.3 ބިލިޔަން ރުފިޔާ މިސަރުކާރުން ދައްކައިފާވާކަމަށް މާލިއްޔަތު ކޮމިޓީން ހާމަކޮށްފިއެވެ
މާލިއްޔަތު ކޮމިޓީން މިކަން ހާމަކުރެއްވީ އެ ކޮމިޓީން އެކުލަވާލި ޞިއްހީ ވެލްފެއަރގެ ޚިދުމަތް ދިނުމުގެ ނިޒާމުގައި ހުރި އިތުރު މައްސަލަތައް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައެވެ. ރިޕޯޓުގައި ވަނީ އާސަންދައިން ދައްކަންޖެހޭ ފައިސާ އަމިއްލަ ހޮސްޕިޓަލްތަކަށް ދައްކާފައި ނުވުމުގެ ސަބަބުން ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ދަތިވެފައިވާކަމަށާއި، އާސަންދައިން އޭޑީކޭ ހޮސްޕިޓަލަށް އެކަނިވެސް 251 މިލިޔަން ރުފިޔާ ދައްކަންޖެހޭކަމަށެވެ
ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފާމަސީތަކާއި ހޮސްޕިޓަލްތަކަށް މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން 1.1 ބިލިޔަން ރުފިޔާ އާސަންދައިން ނުދައްކާ އޮތްކަމަށާއި އެންސްޕާއިން 491 މިލިޔަން ރުފިޔާ ނުދައްކާ އޮތްކަމަށް ރިޕޯޓުގައި ވެއެވެ
ވެރިކަން ބަދަލުވިއިރު އެންސްޕާއިން ނުދައްކާ އޮތް ފައިސާއާއި މިދައުރުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން ޖުމުލަ 1.3 ބިލިޔަން ރުފިޔާ މި ސަރުކާރުން ދައްކާ ޚަލާސްކޮށްފައިވާކަމަށްވެސް ވެލްފެއަރ ރިޕޯޓުގައިވެއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1