މާލޭގައި ހުންނަ ފުލުހުންގެ ކަސްޓަޑީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފައި ހުރި ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ
މަރުވެފައި ވަނީ ގ. ޒާމިއާ، އަހްމަދު އަފްރާހު، 48، އެވެ
އަތޮޅުވެހީގައި އަފްރާހު ބަންދުކޮށްފައި ހުރި ގޮޅި ތެރެއަށް ވެއްޓިފައި އޮއްވައި ފެނުނީ ރޭ ފަތިހު 5:50 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. ފުލުހުން ބުނީ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އޭނާގެ އެއްވެސް ހަަރަކާތެއް ނެތްކަމަށެވެ. އަދި އަފްރާހު ބަންދުކޮށްފައި ހުރީ މަސްތުވާތަކެއްޗަށް ދެވިހިފައިވާތީ އަވަހަށް ފަރުވާ ދޭން ޖެހޭ މީހަކަށް ވާތީކަމަށް ފުލުހުން ބުނެފައިވެއެވެ. ކުށުގެ ރެކޯޑު ވެސް އޮންނަ އަފްރާހު ހައްޔަރުކުރި ދުވަހު ކުޑަކަމުދާ ތަކެތި ޓެސްޓު ކުރި ކަމަށާއި އެކި ބާވަތުގެ މަސްތުވާތަކެތި ބޭނުން ކޮށްފައި ހުރި ކަމަށް އެ އިން ދެއްކި ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ އިތުރުން އަފްރާހުގެ މަރުގެ ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަނަށާއި އެންއައިސީއާ ވަނީ ހިއްސާކޮށްފަ އެވެ. އަދި ކަން ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1