ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް 1 އިން ފިޓްސް އެއާއަށް ހިދުމަތް ދޭން މިއަދު ރަސްމީކޮށް ފަށައިފި އެވެ. މިއީ ޓަރމިނަލް 1 އިން ހިދުމަތް ދޭން ފެށި ހަތަރުވަނަ އެއަރލައިން ކަމަށާއި، އެ ޓާމިނަލުން ހިދުމަތް ދޭން ފެށި ފުރަތަމަ ލަންކާގެ އެއާލައިން ކަމަށްވެއެވެ
މިކަމާ ގުޅިގެން ބޭއްވުނު ރަސްމިއްޔާތުގައި ފިޓްސް އެއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ވަޑައިގެންނެވި 71 ފަސިންޖަރަކަށް ހަދިޔާ ދެވުނެވެ. އަދި ޓާމިނަލް އެކަކަށް ކައިރި ކުރި ފިޓްސް އެއާގެ ފުރަތަމަ ފްލައިޓަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 154 ފަސިންޖަރަކަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. ފިޓްސް އެއާ އަކީ ސްރީ ލަންކާގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިނަކަމަށް ވާތީ، އެ އެއާލައިނުން ރާއްޖެއާއި ކޮލަމްބޯއާއި ދެމެދު ދަތުރުތައް ފުރަތަމަ ފެށީ 2022 ގައިކަން ފާހަނގަކޮށްލަންޖެހެއެވެ
މިހާރު ޓާމިނަލް އެކަކުން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ލޯ-ކޯސްޓް އެއާލައިން އެއާ އަރަބިއާ، ލަގްޒަރީ އެއާލައިން ބިއޮންޑް އަދި ފިޓްސް އެއާ އަށް ހިދުމަތް ދޭނެއެވެ. އެމްއޭސީއެލްއިން ބުނެފައިވަނީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމަކީ އެމްއޭސީއެލްގެ އަމާޒުކަމަށެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1