ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް 631 މިލިއަން ރުފިޔާ އަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ
އެ މަޝްރޫއުގެ އެއްބަސްވުމުގައި އާރުސީސީއާ އެކު ސޮއިކުރީ މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ލޯކަލް ގަވަމެންޓް މިނިސްޓްރީގެ
.ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ހާމިދު ޔޫސުފް އެވެ. އާރުސީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އެވެ
މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި މަހު ފަށައި އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލާނެ ކަމަށެވެ. ކައުންސިލްތަކަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ވަށާފާރު ރޭނުމަކީ ވެސް މި މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން ކުރާނެ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، 55 ކައުންސިލް އިދާރާގެ ތެރެއިން 39 ކައުންސިލް އިދާރާ އިމާރާތް ކުރާނީ ދެބުރިއަށެވެ
ސަރުކާރުން އާރުސީސީއާ އެކު ހެދި އެއްބަސްވުމުގެ އަގަކީ 631 މިލިއަން ރުފިޔާ އެވެ. މިއީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއަކަށް ވާތީ އެ އިމާރާތްތައް އެޅުމުގެ މަސައްކަތް ނިމުމުން ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން އެ ފައިސާ އާރުސީސީ އަށް ދައްކަން ޖެހޭނެކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައި ވެއެވެ