ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު “ދަރުމަވަންތަ” ރާއްޖޭގެ ގައުމީ ދިފާއީ ބާރާ (އެމްއެންޑީއެފް) މިރޭ ރަސްމީކޮށް ހަވާލުކޮށް ކޮމިޝަންކޮށް ހިދުމަތަށް ނެރެފިއެވެ. މިއީ ދިވެހި ކަނޑުގެ ސިފައިންގެ އަރުމާދަށް މިހާތަނަށް ގެނެވުނު އެންމެ ބޮޑު މަނަވަރެކެވެ. މި މަނަވަރުގެ ނަންދެވިފައި އައްސުލްތާން މުހައްމަދު އިބްނު އަބްދުﷲ ސިރީ ބަވަނަ އާދީއްތަ މަހާރަދުންގެ ނަމާ ގުޅުވާފައެވެ
މި މަނަވަރަކީ ޖަރުމަން ވިލާތުގެ ލޫރްސެން ވެރްފްޓް ކުންފުންޏުން ފަރުމާކޮށް ތުރުކީ ނޭވީގެ ހިދުމަތަށް ނެރެފައިވާ އެޑޯގަން-ކްލާސްގެ ފާސްޓް އެޓޭކާ ކްރާފްޓް އުޅަނދެއް ކަމަށް ވެއެވެ. މި މަނަވަރުގައި 76 މިލިމީޓަރު އޮޓޯމެލޯރާ ބަޑިއާއި 35 މިލިމީޓަރުގެ ޓްވިން ބެރަލް އޮލިކަން އެންޓި ކްރާފްޓް ބަޑި ހަރުކޮށްފައި ވަނީ ހާޕޫން އެންޓިޝިޕް މިސައިލްތަކާއެކު އެވެ. މި މަނަވަރަކީ ފުރަތަމަ ގިންތީގެ ވެޕަން މެނޭޖްމެންޓް ސިސްޓަމްތަކާއި ފަޔާ ކޮންޓްރޯލް ރާޑަރާއެކު އިންޓަގްރޭޓްކޮށްފައިވާ މަނަވަރެއް ކަމުގައި ވެއެވެ. އޭގެ އިތުރުން މި މަނަވަރަކީ ވަރަށް ދުރުން ދުޝްމަނުންގެ އުޅަނދުފަހަރު ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ މަނަވަރެކެވެ
ދިފާއީ ވުޒާރާއިން ބަޔާންކޮށް އެ ވުޒާރާއިން ވިދާޅުވީ މި މަނަވަރު އޮޕަރޭޓް ކުރުމުގެ ޤާބިލިއްޔަތު ދިވެހި އަސްކަރިއްޔާއަށް ލިބިފައިވަނީ ތުރުކީން ތަމްރީން ކުރި ދިވެހިންގެ ސަބަބުން ކަމަށެވެ. މިގޮތުން މި އުޅަނދު މަރާމާތުކޮށް، ދުއްވައި، ބަލަހައްޓާނީ ދިވެހި ސިފައިން ކަމަށް ދިފާއީ ވުޒާރާއިން ވިދާޅުވެފައި ވެއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1