މިއަދު މާފަންނު ސްޓޭޑިއަމްގައި “ގައުމީ ބޮޑު ހަރަކާތް” ގެ ނަމުގައި ބޭއްވި މި އެއްވުމުގައި އެތަށް ހާސް ބަޔަކު ބައިވެރިވެ، ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމު ކުށްވެރިކޮށްފިއިވެއެވެ. މި އެއްވުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި އެހެންވެސް ސިޔާސީ ބޭފުޅުން ވަޑައިގެންފައިވެއެވެ
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން އިސްނަގައިގެން ބޭއްވި މި ހަރަކާތުގެ މަގްސަދަކީ އިޒްރޭލުން ފަލަސްތީނު ހިސޯރު ކުރުން ނައްތާލުމަށް އަޑުއުފުލައި، ދުނިޔޭގެ ސަރުކާރުތަކަށް އެކަމުގައި ބާރު އެޅުމެވެ. މި އެއްވުމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ގާޒާގައި އޮތް ހިސޯރު މިހާރުން މިހާރަށް ނައްތާލަން ޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ
ޝަހީމް ވަނީ އިޒްރޭލުން ގަޒާގެ އަހުލުވެރިންނާ މެދު ހިންގާ އަނިޔާވެރި އުދުވާން އަދި ބައިނަލްއަގްވާމީ ބޮޑެތި ބާރުތަކުން އިޒްރޭލަށް ދެމުންގެންދާ އެހީތެރިކަން ކުށްވެރި ކުރައްވާފައެވެ. ޝަހީމް ވިދާޅުވީ، ކުޑަކުދިންނާއި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދޭން ތިބި ފަރާތްތަކުން އެ ސަރަހައްދަށް ވަދެވޭނެ ގޮތްތައް ފަހިކޮށްދިނުމަށް ގޮވާލާ ކަމަށެވެ. މީގެ އިތުރުން ދިވެހި ހުރިހާ ރައްޔިތުން ވެސް މިކަމުގައި ސާބިތުކޮށް ތިބެން ޖެހޭ ކަމަށާއި ފަލަސްތީނުގައި މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްވެއްޖެއުމަށް ދާންދެން ސާބިތުވެ ތިބެން ޖެހޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްވިއެވެ