ސަރުކާރުން ބ. ހިތާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ
މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ
ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. މިނިސްޓްރީގެ ފަރާތުން ސޮއެކުރެއްވީ މިނިސްޓަރ އޮފް
ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްތަލިބެވެ
ހިތާދޫއަކީ 1420 ވަރަކަށް މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އާމްދަނީ ހޯދުމަށް އެރަށު މީހުން އާންމުކޮށް ކޮށް އުޅޭ މަސައްކަތްތަކަކީ މަސްވެރިކަމާއި ފަތުރުވެރިކަމެވެ. އެމްޓީސީސީ އިން ބުނީ ސޮއެކުރެވޭ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، އިޤްތިސާދީ ގޮތުން ގިނަގުނަ ފައިދާތަކެއް ރަށަށް ކުރާނޭ ކަމަށެވެ. އެގޮތުން، ގޮނޑުދޮށް ހިމާޔަތްކޮށް ނިމުމާއެކު ރަށަށް ކުރިއްސުރެ ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުވެ، ހިމާޔަތްވެފައިވާ ގޮނޑުދޮށެއް ލިބިގެންދާނެއެވެ. އޭގެ އިތުރުން ބިން ހިއްކާ ނިމުމުން ރަށުގެ ރައްޔިތުންނަށް ގޯތި ލިބި ސިނާޢީ މަސައްކަތް ކުރާނެ ޖާގަ ތަނަވަސް ވެގެން ދާނެއެވެ
މި މަޝްރޫޢުގެ ދަށުން، 15 ހެކްޓަރުގެ ބިން ހިއްކުމާއި، 691 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމާއި، 300 މީޓަރުގެ
ބޮޑުހިލައިގެ ގްރޮއިންއެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 390 ދުވަސްތެރޭ 137.04 މިލިއަން ރުފިޔާއަށް ނިންމަން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1