ބ. ތުޅާދޫގައި ކަލްޗަރަލް ސެންޓަރެއް އިމާރާތްކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ
މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝިޔާޒެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައުދީއެވެ
މި މަޝްރޫއުގެ ދަށުން 8,600 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ ކަލްޗަރަލް ސެންޓަރެއް ގާއިމުކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އަދި މި ސެންޓަރުގައި ކެފޭއަކާއި ހިތްފަސޭހަކޮށްލަން ތިބޭނެ ބައެއްވެސް ހިމެނޭ ކަމަށް ވިދާޅުވެއެވެ. މި މަޝްރޫއަކީ 24.46 މިލިއަން ރުފިޔާގެ މަޝްރޫއުކަމަށާއި އެ މަސައްކަތް ނިންމުމަށް 420 ދުވަހު ވަގުތު ދީފައިވާކަމަށް ބުނެފައިވެއެވެ. 3000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ތުޅާދޫގެ ރައްޔިތުން އާމްދަނީ ހޯދަނީ އާންމުކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުންނެވެ
އެމްޓީސީސީ އިން ބުނެފައިވަނީ ތުޅާދޫގައި ކަލްޗަރަލް ސެންޓަރެއް ގާއިމުވެގެން ދިއުމަކީ ރަށުގެ ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންގެ އިޖުތިމާއީ ތަރައްގީއަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށްކަމަށެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1