ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބ. ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި މިމަހު ސޮއިކުރައްވާނެކަމަށެވެ
ގޮއިދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވަމުން ރައީސް ވިދާޅުވީ ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އަދި މި މަސައްކަތަށް އަލުން އިއުލާން ކޮށްފައި ބަޔަކު ހޯދައި ބިޑް އެވޯޑުކޮށްފައިވާ ކަމަށާއި މި މަހުގެ ތެރޭގައި އެ މަސައްކަތުގައި ސޮއި ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އޭގެ އިތުރުން ސީޕްލޭންއަށް ވަދެވޭ މިންވަރަށް އެރަށުގެ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ
އޭގެ އިތުރުން ގޮއިދޫ ސްކޫލަށް ޖާގަ އިތުރުކުރުމާއި ވަސީލަތްތައް އިތުރުކުރަން ފެނަކާ ހަވާލުކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފަށާނެކަމަށްވެސް ބުނެފައިވެއެވެ
އަދި ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުމުގެ ކަންކަމާއި ހެލްތު ސެންޓަރެއް އެޅުމުގެ މަސައްކަތާއި ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތް ވެސް މި އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ