މިއަދު ބ. ތުޅާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ހިންގާ ސޯޝަލް ހައުސިންގ މަޝްރޫޢުތަކުން ދޫކުރާ ގޯތި ނުވަތަ ފްލެޓް ރައްޔިތުންނާ ހަވާލުކުރުމުގައި އެރަށެއްގެ ރައްޔިތުންގެ ބޭނުންތަކާއި ހާލަތަށް ރިޢާޔަތްކޮށް، ރަށު ކައުންސިލުން ކަނޑައަޅާ އުސޫލުތަކަށް ފުރިހަމަ އިހްތިރާމްކުރައްވާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ ސަރުކާރުން ކޮންމެ ރަށަކަށްވެސް އަމަލުކުރައްވާނޭ ގޮތްކަމަށެވެ
ތުޅާދޫގެ ރައްޔިތުން އަމިއްލައަށް ހިއްކާފައިވާ 119 ގޯތި އަމިއްލަކުރެވޭނޭ ގޮތް ހައްދަވައިދެއްވުމަށް އެ ރައްޔިތުން އެދިފައިވާ ކަމަށާއި، އެކަން ސަރުކާރުން ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ތުޅާދޫގެ އެއާޕޯޓް މަޝްރޫޢުވެސް ވަނީ ފައްޓަވައިދެއްވާފައެވެ. އެއާޕޯޓް މަސައްކަތް ފަށައިގެން ހުއްޓުމެއްނެތި ނިންމައި ހުޅުވިގެންދާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ
ބ. އަތޮޅުގެ ސަރަހައްދީ ތަރައްޤީގައި ދެވަނައަށް އެންމެ ބޮޑު އިސްކަމެއްދޭ ރަށްކަމަށް ތުޅާދޫ ވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިއްހީ ދާއިރާއަށް ގިނަ ބަދަލުތަކެއް ގެނެސްދެއްވައި ރަށުގެ ޞިއްޙީ މަރުކަޒުގައި ސްޕެޝަލިޓީގެ ގިނަ ޚިދުމަތްތަކެއް ފެށުމަށް ކަނޑައަޅާފައިވާނޭ ކަމަށާއި، އޭގެ ދަށުން އަންހެނުންނާއި ކުޑަކުދިންގެ ޑޮކްޓަރުންގެ ޚިދުމަތް ފެށިގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
3
+1
+1
+1
+1