ޙައްޖާއި ގުޅޭ ކަންކަމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިންޤިލާބީ ބަދަލުތަކެއް ގެންނަމުންދާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވިއެވެ
1446 .ވަޒީރު ފާހަގަކުރެއްވީ، ޙައްޖުގެ ކަންކަމަށް ލުއިފަސޭހަކަން ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ
ވަނަ އަހަރު ދިވެހި ޙައްޖުވެރިން ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ދިވެހި ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު އެތައް ގަޑިއިރަކުން ދެތިން މިނެޓަށް ކުޑަކުރެވިފައިވެއެވެ. މިއީ ޙައްޖުވެރިންނަށް ލިބިގެންދާ ބޮޑެތި ލުއިފަސޭހަތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ
ޙައްޖުވެރިން މައްކާއިން މަދީނާއަށް ކުރައްވާ ދަތުރު ރައީސްގެ ސީދާ ނިންމެވުމާއެކު ހައި ސްޕީޑް ޓްރެއިންގައި ކުރާ ގޮތަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޓްރެއިން ޚިދުމަތުގެ ސަބަބުން މީގެ ކުރިން 8 ގަޑިއިރު ބަހުގައި ކުރާ ދަތުރު 2 ގަޑިއިރަށް ކުޑަވެގެންދެއެވެ. މީގެ އިތުރުން ވަޒީރު ދިވެހިރާއްޖޭގެ ޙައްޖާއި ގުޅޭ ކަންކަމުގައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ