ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީގެ ދަތުރުފުޅުގައި އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވަމުން ވިދާޅުވީ، ހިއްކުމަށްފަހު ބޭނުންނުކުރެވި ހުރި ބިންބިމުގައި އަސާސީ ބިނާރު ޤާއިމުކުރުމުގެ ބިޔަ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވެފައިވާ ދުވަސްވީ މައްސަލައެއް ކަމަށާއި، ނިއު ޕޮލިސީ އިނީޝިއަޓިވެއްގެ ގޮތުގައި ވަކި ތަރުތީބަކުން އެ މައްސަލަ ޙައްލުކުރައްވާނޭކަމަށެވެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޭދަފުށީގެ ތަރައްޤީއަށް ވެވަޑައިގަންނަވާފައިވާ ރިޔާސީ ވަޢުދުތަކާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އެގޮތުން 1000 ހައުސިންގ ޔުނިޓު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓަވައި މި ދައުރުގެ ތެރޭގައި ނިންމަވާނޭކަމަށާއި، ބަނދަރުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސްދުވަސްތެރޭގައި ނިމޭނޭކަމަށާއި، އިންޑޯ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މި އަހަރު ފައްޓަވާނޭކަމަށާއި، ޔޫ.އެސް ޑޮލަރުގެ ޚިދުމަތް ދޭ އޭ.ޓީ.އެމް ޤާއިމުކޮށްދެއްވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
1
+1
+1
+1
+1