ބ. އަތޮޅު އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ރޭގައި ވަނީ ހަވާލުކޮށްފައެވެ
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އޭދަފުއްޓަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ނިމުމުން އާބަން ސެންޓަރުތަކުގައި ހުންނަންވާ ފެންވަރަށް ސިއްހީ ހިދުމަތް އޭދަފުށިން ލިބޭނެ ކަމަށެވެ
އޭގެ އިތުރުން ރައީސް ވިދާޅުވެފައިވަނީ އޭދަފުށި ހޮސްޕިޓަލުގައި މާދަމާ މެމޮގްރަފީގެ ހިދުމަތް ފެށި ކަމުގައި ވިޔަސް އަދި އެހެނިހެން އިތުރު ހިދުމަތްތައް ފެށި ނަމަވެސް
މިހާރު ހުރި އިމާރާތުގައި އެ ވަރަށް ޖާގަ ނެތް ކަމަށެވެ. އެ ސަބަބާ ހެދި ވެސް އޭދަފުށީ ހޮސްޕިޓަލަށް އާ އިމާރާތެއް ވަރަށް މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ
ހޮސްޕިޓަލުގެ މަޝްރޫގައި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމްއެވެ. އަދި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ