ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ
ރަސްމީކޮށް އާރުޓީއެލް ފެރީގެ ހިދުމަތް ރައީސް ފައްޓަވައިދެއްވީ އެކަމަށްޓަކައި އޭދަފުށީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ
މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އާރުޓީއެލް ފެރީގެ ހިދުމަތް މިއަދު ބ. އަތޮޅުގައި ފަށާފައިވާއިރު މިއީ އެމްޓީސީސީ އިން އާރުޓީއެލްގެ ހިދުމަތް ފެށި 11 ވަނަ އަތޮޅެވެ
.މިދިޔަ ޖޫން މަހުގެ ތެރޭގައި، ރ. އަތޮޅުގައިވެސް އާރުޓީއެލް ފެރީގެ ހިދުމަތް ފަށާފައި ވާކަން ފާހަނގަކޮށްލަން ޖެހެއެވެ
މިކަމާއި ގުޅިގެން ރައީސް މީގެ ކުރިން ސޯޝަލް މީޑިޔާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅަށް އާރުޓީއެލް ފެރީގެ ހިދުމަތް ދޭން ފަށާނޭ ކަމަށެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
1
+1
+1
+1
+1