ބ. ތުޅާދޫ އެއާޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން
އެމްޓީސީސީއާ ހަވާލުކޮށްފިއެވެ
ތުޅާދޫ އަކީ 3000 އަށް ވުރެ ބޮޑު އާބާދީ އެއް އޮންނަ ރަށެކެވެ. މަސްވެރިކަމާއި ފަތުރުވެރިކަމަކީ ތުޅާދޫ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި އާއްމުކޮށް ކޮށްއުޅޭ މަސައްކަތްތަކެވެ
އެމްޓީސީސީ އިން ބުނެފައި ވާގޮތުގައި ތުޅާދޫގައި އެއާޕޯޓެއް ތަރައްޤީވެގެން ދިއުމަކީ މިރަށު ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެކެވެ
އެގޮތުން ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެން ދިއުމާއި އެކިއެކި ބޭނުންތަކުގައި ދަތުރުކުރުމުގެ ލުއިފަސޭހަކަން ލިބި ގިނަ ބަޔަކަށް
ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ
މި މަޝްރޫޢުގެ ދަށުން، 55.40 ހެކްޓަރުގެ ބިން ހިއްކުމާއ،ި 2804 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމާއ،ި 1677
މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 507.26 މިލިއަން ރުފިޔާއަށް 660 ދުވަސްތެރޭ
ނިންމަން މިކުންފުންޏާ ހަވާލުކޮށް ފައިވާ މަޝްރޫއެކެވެ