ފުލުހުން ބުނެފައި ވަނީ މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ބާރު ދުވެލީގައި ދުއްވާފައި ދިޔަ ކާރު ދުއްވަން އިން ފިރިހެން ކުއްޖާގެ ލައިސަންސެއް ނެތް ކަމަށެވެ
ރޭ ހުޅުމާލޭގައި ބާރު ދުވެލީގައި ނުރައްކާތެރިކޮށް ދުއްވަމުން ކާރު ދުއްވި މައްސަލައިގައި ދެ މީހުން ހައްޔަރުކުރިއިރު، އެ ތަނުން އެކަކުގެ ވަނަވަރު ފުލުހުން ހާމަކުރީ މިއަދެވެ. ހައްޔަރުކުރި އަންހެން މީހާ ވަނީ ދޫކޮށްލައިފައެވެ. އަދި އޭނާގެ ވަނަވަރު މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އުމުރުން 18 އަހަރުގެ ހ. ފިލިމާގެ / އައިކް ހައިޝަމް ހަސަނެވެ
ސޯޝަލް މީޑިއާގައި ރޭ ދައުރުކުރި ވީޑިއޯއިން ފެންނަނީ ފުލުހުން ރިހިކުލައިގެ ކާރެއް ރޭގެ ވަގުތެއްގައި ހުއްޓުވައި، ކާރު ވަށައި ހަރަކާތްތެރިވަމުންދާ މަންޒަރެވެ. އެ ކާރު ހުއްޓުވާފައި ވަނީ ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ބްރިޖާ މާ ދުރުނޫން ހިސާބެއްގައި، ފުރަތަމަ ފިޔަވަހީގެ ބީޗު ކައިރިންނެވެ
މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނުރައްކާތެރިކޮށް ދުއްވުން މާލޭ ސަރަހައްދުގައި އާންމުއިރު، މި ފަހުން މިފަދަ ކަންކަމުގައި މީހުންގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
2
+1
+1
+1
+1
4