އަމިއްލަ ކުންފުންޏަކުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ސަޕްލައިކުރި މުދަލަށްވާ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ނުދައްކައިގެން ޝަރީއަތަށް ހުށަހެޅުމުން އެ ކުންފުންޏަށް 15 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ
.ސިވިލް ކޯޓުގައި 1.2 މިލިއަން ރުފިޔާ ހޯދުމަށް ވެމްކޯ އާއި ދެކޮޅަށް ދައުވާ ކޮށްފައި ވަނީ ސޯލްޓްސް އެންޑް ސޭންޑްސް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ
.ވެމްކޯއިން ވަނީ މި ދައުވާކުރުމާ އެކު އެއީ ސޯލްޓްސް އެންޑް ސޭންޑްސްއަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް އެއްބަސްވެފައެވެ
އަދި އޭގެ ތެރެއިން 115،428ރ. ކުރިން ދައްކައި ހަލާސްކޮށްފައިވާ ކަމަށް ބުނެ ވެމްކޯއިން ކޯޓަށް ލިޔެކިޔުން ހުށަހަޅާފައިވެއެވެ
،އެހެންކަމުން ކޯޓުން ކަނޑައެޅީ އެ އަދަދު އުނިކުރުމަށް ފަހު، މުދަލަށްވާ ފައިސާގެ ބާކީ 1.16 މިލިއަން ރުފިޔާ 15 ދުވަސް ތެރޭގައި ވެމްކޯއިން ދައްކާ ހަލާސްކުރަން ޖެހޭނެ ކަމަށެވެ
އަދި އެއީ ދައްކަން ޖެހޭ ފައިސާއެއްކަން ވެމްކޯއިން ގަބޫލުކުރާ ހާލަތުގައި އެ ފައިސާ ނުދައްކާ ތިބުމުގެ ސަބަބުން އަމިއްލަ ކުންފުނިން ކޯޓަށް ދާން ޖެހުމަށް
ދިޔަ 50،000ރ. ވެސް ވެމްކޯއިން ދައްކަން ޖެހޭނެ ކަމަށް ކަނޑައެޅި އެވެ
ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމުގެ ޝަކުވާ ބޮޑުވެފައި ވާއިރު އެކި ކުންފުނިތަކުގެ މައްޗަށް މިފަދަ ހުކުމްތައް އިއްވާފައިވެ އެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
1
+1
1
+1