މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓް 124،665 އަށް އަރައިފިއެވެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެއީ 7 އިންސައްތައިގެ ކުރިއެރުމެކެވެ
އެގޮތުން ސީޕްލޭން 92،941 ދަތުރާއި ޑޮމެސްޓިކް 14،110، ދަތުރާއި އިންޓަންޓަނޭޝަނަލް 17،614 ދަތުރު ހިމެނެއެވެ
.ޖުމްލަ 4،108،845 ފަސިންޖަރުން އަހަރުގެ ފުރަތަމަ ކުއާޓާގައި ދަތުރުކޮށްފައެވެ
އޭގެ ތެރޭގައި ޑޮމެސްޓިކުން ދަތުރުކުރި 579،079 ފަސިންޖަރުން ހިމެނޭއިރު އިންޓަނޭޝަނަލްއިން ދަތުރުކުރި 2،669،969 ފަސިންޖަރުން ހިމެނެއެވެ. އަދި ސީޕްލޭންއިން ދަތުރުކުރި 859،797 ފަސިންޖަރުން ހިމެނެއެވެ
ކޮންމެ އަހަރެއްގެ ވެސް އެއާޕޯޓަށް އެންމެ ބާރުބޮޑު ދުވަސްވަރަކީ ޑިސެމްބަރާއި ޖެނުއަރީ މަހެވެ. އެ ދެ މަހުގެ އެއާޕޯޓުގެ ހިދުމަތްތައް ދިނުމުގައި އަވަސް ކުރުމަށް އެމްއޭސީއެލް އިން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ