ފުލުހުންގެ ސައިކަލެއްގައި ޖައްސާފައި ވަނީ މަޑުކުރަން ބުނުމުން މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ކާރެކެވެ
ހުޅުމާލޭގައި ކާރެއްގެ ފަހަތުން ފުލުހުންގެ ވެހިކަލާއި ސައިކަލުތަކެއް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ އާންމު ވަމުންނެވެ
ފުލުހުން އެ ވީޑިއޯއާ ގުޅޭގޮތުން މީޑިއާތަކަށް ހިއްސާކޮށްފައި ވަނީ ހުޅުމާލޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑު ކުރަން ފުލުހުން ބުނި ނަމަވެސް މަޑު ނުކޮށް، ބާރު ދުވެލީގައި ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި ދުއްވާފައިވާ ކަމަށެވެ. ފުލުހުން ބުނެފައި ވަނީ އެ ކާރު ފަހަތުން ދިއުމުން ފުލުހުންގެެ ސައިކަލެއްގައި ކާރުން ޖައްސާ ވައްޓާލާފައިވާ ކަަމަށެވެ. އަދި ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން ފުލުހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކާރު ދުއްވި ފިރިހެން މީހާއާއި އެ ކާރުގައި އިން އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
3
+1
1
+1