ތުރުކީއިންނހަދިޔާ ކުރާ މަނަވަރު ރާއްޖެއަށް ގެނެސްފި އެވެ
ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ލޫރްސެން ވެރްފްޓްއިން ފަރުމާ ކޮށްފައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މި މަނަވަރަކީ އެޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ
މިއީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާ އެކު ތައްޔާރުކުރި ފުރަތަމަ ގިންތީގެ އުޅަނދުތަކުގެ ތެެރެއިން އުޅަނދެކެވެ
އަދި 20 ވަނަ ގަރުނުގެ ފަހުކޮޅު ތުރުކީވިލާތުގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރު ކުރުމުގައި މުހިންމު ދައުރެއް އަދާކުރި އުޅަނދުތަކުގެ ތެރެއިންވެސް އުޅަނދެކެވެ
ރާއްޖޭގެ ދިފާއީ ވުޒާރާއިން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ތުރުކީން އެ މަނަވަރު ރާއްޖެއަށް ހަދިޔާކުރަން ނިންމީ އަސްކަރީ ގާބިލްކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ. އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިންނެތް މަސައްކަތުގެ ނަތީޖާ ކަމަށް ވިދާޅުވެފައި ވެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
1
+1
+1
+1
+1