ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފައި ވަނީ ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ކުދިންގެ ޑޮލަރު ލިމިޓަށް ބަދަލެއް ނުގެންނަ ކަމަށޭވެ
މިދިޔަ އަހަރު ނޮވެމްބަރުން ފެށިގެން ބޭރުގައި ކިޔަވާ ދަރިވަރުންގެތެރެއިން ބީއެމްއެލް ޑެބިޓް ކާޑު ބޭނުންކުރާ ދަރިވަރުންނަށް ލިބޭ ޑޮލަރު 750 އިން 1200
އަށް ވަނީ ބަދަލުކޮށްފަ އެވެ. ނަމަވެސް ބޭންކުން މިއަދަދު އަނެއްކާވެސް ކުޑަކޮށްފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަދައްކަމުންނެވެ
މިއަދު ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ ދަރިވަރުންނަށް ސަރުކާރުން ދޭން ނިންމާފައިވާ ޑޮލަތު ލިމިޓަށް އެއްވެސް ބަދަލެއް ބޭންކުން ނުގެންނަ ކަމަށެވެ
އަދި ސްޓޫޑެންޓް ވިސާގައި ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ޑޮލަރު ލިމިޓަކީ މި ފަހުން ރައީސް ހަމަޖެއްސެއްވި ގޮތަށް 1200 ޑޮލަރުގެ ލިމިޓު ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ އީމެއިލްތަކަކީ ބޭރުގައި ދިރިއުޅޭ ރާއްޖޭގެ އާންމުންނަށް ފޮނުވާފައިވާ އީމެއިލްތަކެއް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ