މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވަނީ 1.8 ބިލިއަން ރުފިޔާއެވެ
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން މިދިޔަ ޖުލައި މަހުގެ 31 ގެ ނިޔަލަށް އާސަންދައިން މިއަހަރު ވަނީ 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ
އެހެންކަމުން އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓުގައި މިހާރު ބާކީ އޮތީ ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާއެވެ
މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 21.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 17.4 އިންސައްތަ ދަށް އަދަދެކެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1